Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އަދު ރޮނީއޭ ނުދާށޭ – 4 ވަނަ ބައި –

Aathu Level 110 Stories
November 23, 2012 4 Mins Read
6 Comments

– 19 ނޮވެމްބަރުގެ ބަޔާއި ގުޅޭ –

“ނޫނޭ…ނީ އެއް ނުބުނެ…ކޮންކަމެއްތަ މިރޭ މިއޮތީ މިގޭގަ؟….ވާނުވާ ނޭނގި ހުރެ ޝަހުމް އެހެން އަހާލީ ފަހަރެއްގައިވެސް އޭނާގެ ހިތް ހުއްޓޭ ކަހަލަ ޖަވާބެއް ހޯދުމުގެ ނިޔަތަކު ނޫނެވެ.

“ޝަހުމްގެ ނީ މެރީ ކުރަނީނުން ވަރަށް އަވަހަށް…. ނީ އާއި އެކީ ކިޔަވަން އުޅުނު ޞޯލިޙުބޭގެ ތިމާގެ ކުއްޖެއް މީނީ، ރާޙަލް… ނީ ނުބުނޭތަ ޝަހުމް ކައިރީ؟.. ބެސްޓް ފްރެންޑަށްވެސް ނޭނގެ ދަރިފުޅު މިހައި ބޮޑު ކަމެއް ނިންމާއިރު.” ނާއިލާ، ވެގެން އުޅޭގޮތް ވަރަށް ސާފުކޮށް ޝަހުމްއަށް ބުނެދިނެވެ.

ޝަހުމްއަށް ހިތި ގޮތަކަށް ނީޒާއާއި ދިމާއަށް ބަލައިލެވުނެވެ. އެތަކެއް ވޭނީ ސުވާލުތަކަކުން ފުރިފައިވީ ބަލައިލުމެކެވެ. ނީޒާ، ޝަހުމްއަށް މިހައި ބޮޑަށް އޮޅުވައިލި ސަބަބު އެނގެން އޭނާ ބޭނުންވިއެވެ. އޭނާގެ ފިސްވެފައިވި ހިތަށް ދެން ކުރެވޭނެ އިތުރު ފަރުވާއެއް އެބަ އޮތްހޭ ބުނާ ހެންވެސް ހީވެއެވެ.

ނީޒާ އަށް އޭނާ ކުރީ ކިހާވަރެއްގެ ކަމެއްކަން އިޙުސާސްވެސް ނުވާ ފަދައެވެ. ކުރިއަށް ވުރެވެސް ބޮޑަށް ރާޙަލްއާއި ކައިރި ވެލުމަށްފަހު ޝަހުމްއާއި ރާޙަލް އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ.

“ޝަހުމް…ނީ އެއް ނުބުނޭ މިނަން ކިޔާ ފްރެންޑެއް ހުންނަ ވާހަކައެއްވެސް” ރާޙަލް ޝަހުމްއާއި ސަލާމް ކޮށްލަމުން ނީޒާއަށް ބުންޏެވެ.

 އެވަގުތު ޝަހުމްގެ އެކުވެރި ފާއިލް ނުގުޅާނަމަ، އެތަނުގައި ހުރެގެން ޝަހުމް އަށް ގޯހެއް ހެދުނީސްކަން ކަށަވަރެވެ. އެހެންކަމުން ވަރަށް އަވަހަށް ދާންޖެހިއްޖެ ކަމުގައިބުނެ، އެގެއިން ނިކުމެގެން ގޮސް ޝަހުމް މަޑު ކޮށްލީ އިސްލާމީ މަރުކަޒު ކުރިމަތިން ރައީސް ފާލަމާއި ދިމާލުގައެވެ. އެތަނުގައި ހުރެގެން އޭނާގެ ބަދުނަސީބު ލޯތްބަށްޓަކައި ހިތްފުރެންދެން ކަރުނަ އޮށްސިއެވެ. އެތަންފެނި އެތަނުގައި ތިބި ދެތިން މީހަކު، ތިގެއިން މީހަކު މަރުވީހޭ ކިޔައި ސުވާލުވެސް ކޮށްލިއެވެ. އެންމެ ފަހުން މަންމަމެން ހާސްވެގެން ގުޅަންފެށުމުން މާ ބޮނޑިއާއި އެއްޗެހި ހިފައިގެން ގެއަށް ދިއުމަށް ސައިކަލަށް އަރައިގެން ނައްޓައިލީ، ވަރަށް ހަމަޖެހިލައިގެން ހުރެ އެއްވެސް ކަމެއް ނުވާ މީހެއް ފަދައިންނެވެ.

ނަމަވެސް…….. ކުއްލިއަކަށް މިރޭ، ދެން އޭނާއާއި ދިމާވި އާދަޔާ ޚިލާފު އަންހެން ކުއްޖާގެ މަތިން ހަނދާން ވަމުން ދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ނީޒާނޫން އެހެން އަންހެން ކުއްޖަކާއި ދޭތެރޭ ވިސްނުމަށް އޭނާގެ ހިތް ބާރު އަޅަމުން ދިޔައެވެ. އެއީ ކާކު ބާވައެވެ؟ އެ އަންހެން ކުއްޖާގެ ރީތި ކަމަށް ހިތާއި ހިތުން ތަޢުރީފް ކޮށްލެވުނެވެ. އެއީ ހަމަ ޝަހުމް ބޭނުންވާ ގޮތަށް ހެދުން އަޅާފައިވާ ކުއްޖެކެވެ. ވާހަކަ ދެއްކުމުގައި ފޮނި ކަމެއްނެތެވެ. އެހެނަސް އަދިވެސް ވިއްސަކަށް އަހަރުގެ ކުއްޖެއްހެން ހަށިގަނޑުގެ ބައްޓަން ހުރި ކަމަކު، ޙަރަކާތްތައް ހުރީ ދިހައެއް ނުވަތަ އެގާރަ އަހަރުގެ ކުއްޖަކާއި އެއްފަދަ ގޮތަކަށެވެ. ފަންފަން ދިގު އިސްތަށިގަނޑެކެވެ. ހިމަ ލޯލި އިނގިލިތަކެކެވެ. ކުޑަކުޑަ މަޢުސޫމް މޫނެކެވެ.ރީތި ހިނިތުންވުމުން ހިތްތައް މޮޔަ ކޮށްލައިހައި ވެއެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ އިރުވެސް ލޯބި ލޯބިކޮށް ވިދަމުން ދިޔަ މުށިކުލައިގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ޝަހުމް އަށް އިނދެވުން އިރު އޭނާއަށް ދިމާވެގެންއުޅޭ ހިތްދަތި ކަމުގެ މަތިންވެސް ހަނދާންނެތުނު ކަހަލައެވެ.އެހެނަސް……………

ނޫން! ނޫން…އެކުއްޖާއާއި ދޭތެރޭ އަހަރެން ވިސްނާކަށްވެސް ބޭނުމެއްނޫން..އަހަރެން އަބަދުވެސް ބޭނުމީ އަހަރެންގެ ނީ…އޭނާ ކޮންމެ ގޮތަކަށް އަހަރެންނަށް ޝަޒާ ދެމުން ދިޔަ ކަމުގައިވިޔަސް އަހަރެން ހުންނާނީ ނީޒާގެ ލޯބީގަ.އެކަމަކު، ނީ އަހަރެންނަށް މިހާބޮޑަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބައި ބާވައެވެ؟ ނޭނގި ހުރެވެސް އޭނާ ރުޅި އަންނަ ޒާތުގެ ކަމެއް ކުރެވުނީ ހެއްޔެވެ؟ މިޚިޔާލުތަކާއި ދުރަށް  ނުދެވި، އެރޭގެ ދެން އޮތް ބައިވެސް ޝަހުމް އަށް އޮވެވުނީ ކަރުނައަޅައި ރޯށެވެ.

 މީހަކަށް މިހައި ބޮޑު ދެރައެއް ދެން ލިބޭނެ ހެއްޔެވެ؟ އޭނާ ކިހައި ހުވަފެންތަކެއް ދުށް ހެއްޔެވެ؟ ނީޒާގެ ލޯބީގައި ނުކުރާކަށް ކަމެއްނެތެވެ. ރޮއިރޮއި ގޮސް އެންމެ ފަހުން ޝަހުމް ހީވަނީ މޮޔަވިހެންނެވެ. އޭނާގެ ކޮޓަރީގެ އެކި ތަންތަނުގައި ހުރި ނީޒާގެ ހަނދާންތައް އިތުރަށް އޭނާ ރޮއްވަމުން ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާގެ އެނދާއި ދިމާ މަތީގައި، ފާރުގައި ހަރުކޮށްފައި ހުރި ނީޒާގެ ބޮޑު ފޮޓޯގަނޑާއި ވާހަކަ ދައްކަން ފެށިއެވެ.އެންމެ ފަހުން ކުރެވޭ ކަމެއް ނޭނގިހުރެގޮސް އެތަނުން ފޮޓޯ ލޯގަނޑަކާއި ދިމާލަށް ޑްރެސިންގ ޓޭބަލްމަތީހުރި ސެންޓު ފުޅިއެއް އެއްލި ގޮތަށް އޭތި ޗިސްވެގެން ފައިބައިގަތެވެ. ހަމަ އެސިކުންތުގައި ގޮސް އެ މުށިތައް މައްޗަށް އަރައި ރޮމުން ދިޔައެވެ. ޝަހުމްގެ ނީޒާއަށް އެއްވެސް ދެރަކަމެއް ވާކަށް އޭނާ ނޭދެއެވެ. އެންމެ ފަހުން އެފޮޓޯ ލޯގަނޑު ތެޅުނުކަމީ އޭނާއަތުން  ނީޒާއަށް ކުރެވުނު ބޭއިންސާފެއް ކަމަށް އޭނާއަށް ހީކުރެވުނެވެ. އެހެންކަމުން ބަލާކަށް ނުހުރެގޮސް މުށިތައް މައްޗަށް އެރީއެވެ. ދެން ފެނުނީ ރަތްކުލައިގެ ކޯރެއްހެން މުޅިތަން ފެވިގެން ދިޔަ ތަނެވެ. ޝަހުމްވެސް އެތަނަށް  މަޑުމަޑުން ތިރިވާން ފެށިއެވެ.

……………………………………………………………………………………..

ލަޔާލްގެ ޙާލު މިރޭ މާބޮޑެވެ. ނިދަން އޮށޯތް ގޮތަށް ފުރޮޅި ފުރޮޅި އޮންނަން ޖެހުނީ ކީއްވެ ކަމެއް ލަޔާ އަކަށް ނުވިސްނުނެވެ. އޭނާގެ ޅަ ސިކުނޑިއަށް ބޭނުންވި ކާނާ އަކީ ހަމަ އެންމެ އެއްޗެކެވެ.  އޭނާގެ ލޯމަތިން އެންމެ ފަހަރަކަށް ނަމަވެސް ޝަހުމް ފެނިލުމެވެ. އެކަމަކު މިއީ ހާދަހާ އުނދަގޫ ވާ ކަމެކޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ މަދަރުސީ ދައުރުގެ އެކުވެރި ކުދިންވެސް ފިރިހެން ކުދިން ފެނިގެން މިހެން ގޮތް ތަކެއްވާތީ އުޅުން ހަނދާނެއް ވާން ފެށިއެވެ. އެނދުގައި ހުރަހަކަށް އެހެން އޮތްއިރު، އެމީހުން ލަޔާގެ ކައިރީގައި ދައްކާފައިހުރި ވާހަކަ ތަކުގެ މަތިން ހަނދާންވެ، ކުޑަކޮށްހެވެންވެސް ހެވުނެވެ. އެހެން ކަމަށް ވެއްޖެނަމަ، އޭނާއަށްވެސް އެކުދިން ފަދައިން އާ ތަޖުރިބާ ތަކެއް ކުރެވެން ފެށީ ކަންނޭގެއެވެ. ލަޔާލްއަށް މޫނުގައި ބާލީސް އެޅުނެވެ. އެޒުވާނާ އޭނާއަށް ބަލަންހުރި ގޮތް ހަނދާންވުމުންނެވެ.

……………………………………………………………………………………..

 “ޝަހުމް ދަރިފުޅާ!….މިއަދު ސައިބޯންވެސް ނުނިކުންނަންތަ؟……ދަރިފުޅާ!….އަވަސްކޮށްލައިގެން ނިކުމެބަލަ ބޭރަށް…މަންމަ ތި ކޮޓަރި ސާފުކުރަން ވެގެންނޭ.” ސިޔާދާ ޝަހުމް އަށް ގޮވަމުން ދިޔައިރުވެސް ޝަހުމްގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އޭނާއަށް އެ ކޮޓަރީގެ ދޮރުގައި ހިފާލެވުން ގޮތަކުން ދޮރު ހުޅުވިގެން ދިޔައެވެ. ފުރަތަމަވެސް ސިޔާދާގެ ފައިގައި އަޅައިގަތީ ބާލީހެކެވެ.

“ސާބަސް….ބާލީސްތައްވެސް އުކަނީތަ ނިދަން އޮވެގެން؟ ….”ސިޔާދާ ވެއްޓިފައި އޮތް ބާލީސް ނަގައި އެނދުމަތި ރީތި ކުރަން ފެށިއެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން ފާރު ކައިރީގައި، ޖަލުގެ ކުށްވެރިއެއް ފަދައިން ކުރުގެޅިގެން އޮތް ޝަހުމް އޭނާއަށް ފެނުނެވެ. ސިޔާދާއަށް ހީވީ އޭނާގެ މޭ ފަޅާފައި ނިކުތް ހެންނެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އޮތް ޙާލު ފެނިފައި ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ޝަހުމް ގެ ތިއްތައާއި ދޮންތަ އެތަނަށް ދުވެފައި އައެވެ.

“މަންމާ…..ކޮއްކޯ…..” ޝަހުމްގެ ދޮށްޓަށް ހުންނަ ޝެހެނާއަށް ޝަހުމްގެ ލެއިން ތަތްތެޅިފައިވާ ހަށިގަނޑު ފެނުމާއިއެކު ބޭއިޚްތިޔާރުގައި ރޮވުނެވެ. އޭނާވެސް 7 މަހުގެ  ބޮޑު ބަނޑާއިއެކު ޝަހުމްއަށް އެހީ ވެވޭތޯ އުޅުނެވެ.

 “ބައްޕާ…..ބައްޕާ…….އާދެބަލަ ވަރަށް އަވަހަށް…..ކޮއްކޮއަށް ކޮންމެވެސް ގޮތެއްވެފަ މިއޮތީ…. ” އެމީހުންގެ ދޮށީދަރިފުޅު، ޝަރާ އަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ.އޭނާގެ ދަރިފުޅު ރޯތީ މަސަލަސް ކުރެވޭތޯ އުޅެމުން މަންމަގެ އަޑުއައި ދިމާއަށް ދިޔައިރު އޭނާއަށްވެސް ކޮއްކޮފެނުނެވެ.

 ކަންދިމާކުރި ގޮތުން އޭރު އަދި،ކުދިންގެ ބައްޕަ، ހާޝިމް ގޭގައި އުޅެއެވެ. ވަގުތަކީ ހުކުރު ދުވަހުގެ 10 ޖަހާއިރު ކަމުން، ހެނދުނުގެ ނާސްތާއަށްފަހު ހާޝިމް އަބަދުވެސް ޤުރުއާން ޖަހައިގެން، އަޑު އެހުމަށްޓަކައި ސިޓިންގރޫމްގައި އިނދެއެވެ. އެއީ އޭނާ ކުރިއްސުރެ ކުރަން އާދަވެފައިވާ ކަމެކެވެ.

ގޭގެ އަންހެންވެރިން މާބާރަކަށް ރޮމުންދިޔަ އަޑު އިވުމާއިއެކު ހާޝިމް ޝަހުމްގެ ކޮޓަރިއާއި ދިމާއަށް ބާރު ހިނގުމެއްގައި ދިޔައެވެ.އޭނާ އެކޮޓަރީގެ ދޮރު މައްޗަށް އެރިއިރު، ސިޔާދާއާއި އޭނާގެ ޝަރާ ޝަހުމްގެ ކައިރީގައި އޭނާ ހޭއެރުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އޭރު ޝެހެނާ ތެޅިފައިވާ ލޯގަނޑުގެ ބައިތައްނަގއި ސާފުކޮށް ނިމެނީއެވެ.

“އަސްތާ! ދަރިފުޅާ! ކިހިނެއްވެފަ މިއޮތީ؟ ޝަހުމް.. މަގޭ ދަރިފުޅާ! ލޯ ހުޅުވާލަބަލަ ….ޝަހުމް …..އޭތް ދަރިފުޅާ!…” ހާޝިމް، ޝަހުމްގެ ކޮލުގައި ޖަހާލަމުން އޭނާއަށް ގޮވަންފެށިއެވެ.

“މަންމާ..ކޮއްކޮ ހޮސްޕިޓަލަކަށް ގެންދެވޭތޯ ބަލަންވީއެއްނު….އެހެންނޫނީ…..” ޝަރާ އަވަސްވެގަތީ ޝަހުމްއަށް އަވަހަށް ފަރުވާ ލިބޭނެގޮތެއް ހެދުމަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aathu

Level 110 Stories

Other Articles

Previous

ވަގުތު ފާއިތު ނުވަނީސް – 2 ވަނަ ބައި –

Next

ވަގުތު ފާއިތު ނުވަނީސް – ފަހު ބައި –

Next
November 25, 2012

ވަގުތު ފާއިތު ނުވަނީސް – ފަހު ބައި –

Previews
November 21, 2012

ވަގުތު ފާއިތު ނުވަނީސް – 2 ވަނަ ބައި –

6 Comments!

  1. އާތު says:
    November 24, 2012 at 11:51 pm

    ކިޔުންތެރިންގެ ޚިޔާލު އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން..ސަބަބަކީ އެއީ އަޅުގަނޑުގެ ލިޔުންތެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާތީ…ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރުވެރިވަން…

  2. އަނީޒް says:
    January 22, 2013 at 3:38 pm

    ދެން ވާނީ ކިހިނެއްބާ؟؟؟ ވާހަކަ ތެރެއަށް ވަދެފަ މި އިނީ ހަމަ.. އާތު ހާދަ މޯޅޭ..

  3. އަނީޒް says:
    January 22, 2013 at 3:39 pm

    ދެން ވާނީ ކިހިނެއްބާ؟؟؟ ވާހަކަ ތެރެއަށް ވަދެފަ މި އިނީ ހަމަ.. އާތު ހާދަ މޮޅޭ..

  4. zeenaa says:
    January 18, 2014 at 2:15 pm

    Reethi

  5. shai says:
    March 13, 2014 at 7:34 pm

    nice

  6. midnight girl says:
    October 21, 2015 at 9:10 am

    10 jahaa ireh nun 10 jehi vaguthu kamun ingey…varah nice story

Comments are closed.

Next Episodeހިތް އަދު ރޮނީއޭ ނުދާށޭ – 5 ވަނަ ބައި –←


All Right Reserved!