Skip to content
އެސްފިޔަ

ހިތް އަދު ރޮނީއޭ ނުދާށޭ – 2 ވަނަ ބައި –

– 13 ނޮވެމްބަރުގެ ބަޔާއި ގުޅޭ –
“ސޯ…އަގެއިން ޔޫ ބިކޭމް އަ މިޔުޓް…” އެ ޒުވާނާގެ އަޑުން ދެމީހުންގެ ހަމަ ހިމޭންކަން ގެއްލުނެވެ. ލަޔާލް

 އެކި ޚިޔާލު ތަކުގައ އިންދައި އޭނާގެ އަޑު އިވުމާއިއެކު ކީކޭހޭ އަހައިލެވުނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.

“މްމްމްމްމްމ … މީ…… އައެމް ސޮރީ…ތިކުއްޖާގެ މާތައް…އަނެއް… ލަޔާ ގަނެދޭނަން ހަމަ އެކަހަލަ މާތަކެއް..” މީގެ އިރުކޮޅެއް ކުރިން ކަންތައް ދިމާވި ގޮތުން ލަޔާލް އިނީ ދެރަވެ، މަޢާފަށް އެދެން ބޭނުން ވެފައެވެ. އަބަދު އަމިއްލަ ނަން ބޭނުން ކޮށްގެން ވާހަކަ ދައްކަން އާދަވެފައި ހުރުމުގެ ސަބަބުން މި ނުދަންނަ ޒުވާނާގެ ކުރިމަތީގައި ވެސް ނަން ހާމަކުރެވުނުކަން އިޙްސާސް ވުމުން ލަދުން މުޅި މީހާގެ ގައިގައި ތުރުތުރެއް އުފެދުނެވެ.

“އޯކޭ އޭ ދެން…. އަސްލު މަޢާފަށް އެދެނަ ޖެހޭނީ އަހަރެން. އަހަރެން….ކީކޭތަ ބުނީ ލިއު ދޯ. އާނ ލިއު އާ ދިމާލަށް ތަންދޮރު ނުބަލައި އެއްޗެހި ކިޔާލީ.” ޒުވާނާ ހަމަ ހިމޭން ކަމާއިއެކު ވާހަކަ ދައްކަން ފެށިއެވެ. މިއީ ލަޔާލް އަށް އޭނާގެ ފަރާތުން ފެނުން އާ ސިފައެކެވެ. އެހެން ނުވާންވީ ކީއްވެ ހެއެޔެވެ؟ ދެމީހުން ދިމާވެގެން މިހިސަބަށް އާދެވުން އިރުވެސް، މި ފިރިހެނާ ރުޅި އައިސް ނޫން ގޮތަކަށް އެއްޗެއް ނުބުނެއެވެ. އާދައިގެ މާ ބޮނޑިއެއް ހަލާކުވެގެން އެހާވަރު އަރުވާލާނީ އެއީ، ހާދަ ޚާއްޞަ މީހެއްގެ ފަރާތުން ލިބުން އެއްޗަކަށް ވީމައެވެ. ނޫނީ، އެފަދަ މީހެއްގެ ފަރާތުން އޭނާއަށް ލިބުން އެއްޗެއް ކަމަށް ވެދާނެއެވެ.  ނޫން…ކުއްލިއަކަށް ލަޔާގެ ހިތަށް އެ ލަފުޒު އައީ ކީއްވެބާއެވެ؟ މިއީކީ އޭނާއަކާއި އެއްވެސް ގުޅުމެއް ހުރި މީހެއްވެސް ނޫން ވިއްޔާއެވެ.

“ލަޔާ އޭ ބުނީ.. ދެން އެކަމަކު އޯކޭ…އަހަރެން ސަލާމަތްވެސް ކޮސްދިނީ ތިކުއްޖާ…ނަމެއްވެސް ނޭނގެ.”

ލަޔާލް ގެ ވަހަކަ އެހިސާބަށް ދިޔަ ތަނުން އޭނާ ލަޔާ ހުއްޓުވިއެވެ.

“ޝަހުމް…ހޫމް އޮކޭއޭ…މާދަން ވެސް ނޫހެއްގެ ފަލަ ސުރުޚީގަ އަންހެން ކުއްޖެއް ސަލާމަތް ކޮށްދިން ކަމަށް އަހަރެންގެ ނަން އޮވެދާނެއެއްނު…..ހެހެހެ..މަޝްހޫރުވެސް ވީނުން…ދެން ބުނެބަލަ…ކީއްވެތަ އެމީހުން ލަޔާގެ ފަހަތުން އުޅެނީ؟” ޝަހުމް ގެ ނަން ހާމަ ކޮށްދިނުމަށްފަހު އިތުރު ސުވާލެއްވެސް ލަޔާއަށް އަމާޒުވިއެވެ.

“ޝަހުމް…” ލަޔާލް މަޑުމަޑުން އެރީތި ޒުވާނާގެ ނަން ފުރަތަމަ ފަހަރަށް ކިޔައިލިއެވެ.

“ނޭނގެ.. އޮފީސް ނިންމާލާފައ ނިކުތް ތަނުން ފަހަތުން އައީ… އެމީހުން ކީއްވެތަ ހަމަ މީހަކު ފެންނަ އިރަށް ނުހަމަ ގޮތުގައި ފައިދާ ނަގަން އުޅެނީ؟ …. ވަރަށް ފޫހިވޭ… ކިހާއިރެއްވެއްޖެތަ މިހާރު ގެއަށް ދާން ނުކުތް ފަހުން…….” ލަޔާލް ކުރު ގޮތަކަށް އޭނާއަށް ދިމާވި ކަންތައް ޝަހުމް އަށް ކިޔައިދިނެވެ.

“ހެހެހެ… ތިހެން ބުނީމަ މިހަނދާންވީ…ގެއަށް ދާކަށް ބޭނުމެއްނޫންތަ؟ ޝަހުމް އަކަށްވެސް މިރޭ ފަތިސް ވަންދެންނެއް ސައިކަލު މައްޗަކު ނީނދެވޭނެ އިނގޭ…ކޮންތާކު ތި ގެ ހުންނަނީ؟..ހިތްހެޔޮ ކަމާއިއެކު ލަޔާލް ގެއަށް ގެންގޮސް ދިނުމަށް ޝަހުމް ދަޢުވަތު އެރުވިއެވެ.

“އުޕްސް….އެބުނާހެން….އާނ! ކުރިމަތިން އޮތް ގޯޅި އަޅާ..” ލަޔާލް އޭނާގެ މޮޔަކަމާއިމެދު ކުޑަކޮށް ހެވިފައި އިނދެ، އޭނާގެ ގެއަށް ދާންވީގޮތް ޝަހުމް އަށް ކިޔައިދެމުންދިޔައެވެ. އިރުއިރު ކޮޅުން އެޒުވާނާގެ ބޮލުގައި ލާފައިވާ ކްރީމްގެ ވަސްވެސް ބަލައިލެވެއެވެ.

“އާނ. މިތަނަށް މަޑުކޮށްލާ…މީއޭ ގެ…” ލަޔާލް އަވަހަށް ސައިކަލުން ފައިބަމުން ބުނެލިއެވެ. ޝަހުމް ކޮށްދިން ކަންތަކަށް ޝުކުރު އަދާކޮށްލި ތަނުން ވަގުތުން ނައްޓާލައިފިއެވެ. ލަޔާލްވެސް އަވަސް އަވަހަށް ގެއަށް ވަދެ ދޮރު ތަޅުލިއެވެ.

“ޕިސް..ޕިސް..މިކުއްޖާ ގަނޑަކާއި ހެދި މީހުން އަބަދު މިތިބެން ޖެހެނީ ބިރުން މޭގަނޑު އަނގަޔަށް އައިސް އައިސް…..ކޮންތަނަކަށް ގޮސްތަ ތި އައީ މިއޮށް ދަންވަރު؟” ލަޔާ ސިޓިންރޫމްގެ ލައިޓް ޖައްސާލިތަނުން އޭނާގެ ދޮންތަ ލައިޝާ ހާސްވެހުރެ، ޝަކުވާގެ ފައްޗެއް އަމުނާލިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެ މަޢުސޫމް ދެކުދިން ތުއްތު އިރު، ކުއްލިގޮތަކަށް އެކުދިންގެ މަންމަ ލައިލާ ވަނީ ނިޔާވެފައެވެ. އެހެންކަމުން، އެކުދިން ބަލަހައްޓަމުން އައީ، ބައްޕަ ފާއިޒް އާއި އެނާގެ ހަގު ކޮއްކޮ ފާއިގާގެ އެހީތެރިކަން ލިބިގެންނެވެ. ފާއިޒް އަކީ އަމިއްލައަށް އެކިކަހަލަ މުދާ ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް ކުރަމުންދާ ހީވާގި ބައްޕައެކެވެ. އޭނާގެ ދެކުދިންވެސް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ.

ލައިޝާއަކީ މިޒާޖުގައި މަޑުމައިތިރި ގޮތެއް ހުންނަ ހިތްހެޔޮ ކުއްޖެކެވެ. ލަޔާލްއަށް ވުރެ ދޮށީ ދެ އަހަރު ކަމުގައި ވީނަމަވެސް، ދެބެންގެވެސް އަދިވެސް ހުންނަނީ ބާރަ ތޭރަ އަހަރުގެ ކުދިންގެ ހުންނަ ކަހަލަ ޅަ ގޮތްގަނޑެކެވެ.

“ސޮރީ ދޮންތީ…ވަރަށް ބޮޑަށް ބޯ ގާނަންޖެހޭ ކަހަލަ ކަމެއް ފެށުނީމަ ހަމަ އިނދެވުނީ. އެހެންވެ ލަސްވީއޭ.. ދެން އެހެނެއް ނުވާނެ…” ލަޔާލް  ސޯފާގައި އިން އޭނާގެ ދައްތަގެ އަތުގައި ހިފާ ތެދުކޮށްފައި ދެކަންފަތުގައި ހިފާ މަޢާފަށް އެދެމުން ދިޔައެވެ.

“ބައްޕަ ފޯނެއްވެސް ދީފަ އޮންނަނީ ކަމަކު ނޫންތަ ކުއްޖާގަނޑާ.ބައްޕައަށް ވެސް ގޮވަން އުޅުނިން،،އެކަމަކުވެސް އެފަކީރު ހާސްވާނެ ވަރު ހިތަށް އެރީމަ އަޅާނުލައި ދޫކޮށްލީ..ދެން އެހެން ނުހަދާތި!” ކުޑަކޮށް ލަޔާލްގެ ކަންފަތުގައި ހިފާ ލަމުން ލައިޝާ ވާހަކަ ދެއްކީ ލަޔާލްގެ ފޯނަށް އޭނާ އެވަރަށް ގުޅަން މަސައްކަތް ކުރިއިރު އެއްފަހަރަކުވެސް ދިމާވާގޮތެއް ނުވީމައެވެ.

“އަޅޭ…ލަޔާގެ ފޯން ނިވިފަ އޮތީއޭ..ޗާޖަރ ނުލައި ދެވުނީ…ދެން އެތާހުރި ފޯން ހުރީ ބިލް ދެއްކުން ލަސްވެގެން ކަނޑާލާފައި.ދެންވެސް ވާހަކަ ގިނަ ނުކޮށް ހިނގާބަ ކާއެއްޗެއް ދޭން…ބަނޑުހައިވެގެން މިއޮށް ހަލާކު ވަނީ..” ވެފައި ހުރި ބަނޑުހައިކަން ލަޔާއަށް އިޙުސާސް ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. ދެކުދިން ވެގެން އެކީގައި ކައިގެން ބަދިގޭގެ ކަންތައް ހަމަޔަކަށް އަޅުވައިލައި، ދެމީހުން ގުޑްނައިޓް ކިޔާލުމަށްފަހު، ނިދުމަށްތައްޔާރުވުމަށް އެކުއްޖެއްގެ ކޮޓަރިއަށް އެކުއްޖަކު ދިޔައެވެ.

ގެއަކީ ބޮޑުކޮށް،9 ބުރިއަށް ހަދާފައިވާ ގެއެއް ކަމަކު، މިކުޑަ ކުޑަ އާއިލާ ދިރިއުޅެނީ އެންމެ މަތީ ބަޔާއި ޓެރަސް ބައިގައެވެ. ދެންހުރި ބައިތައް ފާއިޒް ދޫކޮށްލީ މަހު ކުއްޔަށް، އަމިއްލަ ކުންފުނި ތަކުގެ އޮފީސް ތަކަށެވެ. އޭނާގެ އޮފީސްވެސް އެތަނުން، 8 ވަނަ ބައިގައި ހިންގަމުންދެއެވެ. ފާއިޒް ދެ ދަރިން ފާއިޒް ގެ އޮފީހުގައި މަސައްކަތް ނުކުރިއެއްކަމަކު، އެތަނުގެ ކައްތައްތައް އެންމެ ގާތުން ބަލަހައްޓަމުން ، ކަންކަމުގައިބައްޕައަށް އެހީވަމުން ޚިޔާލްތައް ދެމުންދެއެވެ. ލައިޝާއަކީ 24 އަހަރުގެ ހިތުގެ ބަލީގެ ޑޮކްޓަރެކެވެ. އޭލެވެލް ނިންމާލުމަށްފަހު، ލިބުން ސްކޯލަރޝިޕެއްގައި 5 އަހަރު ރަޝިޔާގައި ހޭދަކުރުމަށްފަހު، ރާއްޖެއަށް އައިސް އޭ.ޑީ.ކޭ ހޮސްޕީޓަލުގައި މަސައްކަތް ކުރަމުންދާތާ 8 މަސްވީއެވެ. އޭނާގެ މަސައްކަތާއި ހުނަރު، ތަނުގެ ވެރިންނާއި މުވައްޒަފުން ބަލައިގަންނަނީ އޭނާގެ ހުންނަ، ކަމަށް ފަރުވާ ބެހެއްޓުމާއި ހިތްހެޔޮ ކަމުގެ ސަބަބުންނެވެ.

ލައިޝާއާއި ޚިލާފަށް، ލަޔާލް ބޭނުންވީ އާރކިޓެކްޗާރ އާއި ޑިޒައިނިންގ ގެ ރޮނގުން ކުރިއަށްދާށެވެ. އެއީ ރާއްޖޭގައި މިދާއިރާގައި އުޅޭ އަންހެނުން މަދުވުމާއި އެކުގައެވެ. އޭނާ އަބަދުވެސް ބޭނުންވާނީ، އެހެންމީހުންގެ ޚިޔާލާއި ނުގުޅޭ ކަހަލަ، މޮޅެތި އެއްޗެއްސާއި ތަންތަން ފަރުމާކުރެވޭތޯއެވެ. އަބަދުވެސް ލަޔާލްގެ ޢަޒުމަކީ ބައްޕަ އާއި ދޮންތަ އުފަލުގައި ބެހެއްޓުމެވެ. އޭނާގެ ދާއިރާއިން ތަޢުލީމް ޙާޞިލް ކުރުމަށް ދުރަށް ނުގޮސް އޮންލައިން ކޮށް ކޯސް ހެދުމުގެ ބޭނުމަކީވެސް ބައްޕަ އެކަނިވިޔަނުދިނުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. ނަށް

    ހަމަ ހަބޭސް…………………………..ވަރަށް ސަޅި

  2. malaa

    އިންޓްރެސްޓިންގް…

  3. ރިނޮ

    ޥވވވވ ރިިތި

  4. zeenaa

    Varah reethi

  5. anee

    varah reethu

  6. alma

    nice…………………………

  7. Shif

    Nice

  8. ani

    Fas aharun hithuge baleege doctor akah nuvaane.

  9. MAR-HATH

    Intresting…….

  10. no_name

    Interesting story

  11. Sha

    Nice…….

  12. Mai

    Varah varah varah reethi

  13. Aishath

    Varah varah reethi

  14. Leen

    Reethi

Comments are closed.